ރާއްޖެ އިން ބޭރުގައި ހުންނަ އެމްބަސީތަކަށް ދައުލަތުން ކުރާ ހަރަދު އިންތިހާ އަށް ބޮޑު ކަމަށާއި، ކުރާ ހަރަދާ އަޅާ ބަލާއިރު ރައްޔިތުންނަށް އެކަމުން ކުރާ ފައިދާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެމްބަސީތަކަށް އައްޔަން ކުރައްވާ މެންބަރުންނަކީ ގާބިލް ބައެއްކަން ގަބޫލުކުރައްވަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެތަންތަނަށް ކުރާ ހަރަދަކީ ބޮޑު ހަރަދެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ މި ގައުމުގައި އޮންނަ އެންމެ ބޮޑު ދެ އިންތިހާބު ހަރަދު ކުޑަ ކުރުމުގެ ގޮތުން އެއްކޮށް ނުވަތަ އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ކޮންމެ މަހަކު ބޭރުގައި ހުންނަ އެމްބަސީތަކަށް 54 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ އަދަދަށް ފައިސާ ހަރަދު ކޮށްގެން ކުރާ ފައިދާ އަކީ ކޮބައިތޯ ސުވާލު ކުރައްވަވާފައެވެ.
"އަޅުގަނޑުމެން މިކުރާ ހަރަދު، މި ކުރާ ހަރަދާ ގާތަށްވެސް މަސައްކަތެއް ނުކުރޭ. މި ބޭފުޅުން ކުރަންޖެހޭ ކަމަކީ އަޅުގަނޑަށް ވެސް އެނގޭ ސަލާން ޖެހުން ނޫންކަން. އެހެންނަމަވެސް ގާތް ގުޅުމެއް އުފައްދަން. އިއްޒަތްތެރި ރައީސް ގާތް ގުޅުމެއް ނެތީމަ އެހީތެރިކަން ނުލިބެނީ. ގާތްވީމަ އެހީތެރިކަން ލިބެނީ. އަޅުވެތިވެގެން ބާރުގަދަވެގެން ލިބޭ އެއްޗެއް ނޫން އެހީތެރިކަމަކީ،" ޒިޔާދު ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ މެދުއިރުމަތީގައި ކުރަމުން ގެންދާ ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ސީދާ ގޮތުން ކުރާނެ އެއް ގައުމަކަށް ރާއްޖެ ވެގެން ދާނެ ކަމަށެވެ. އަދި މިހާރުވެސް އެކަމުގެ އަސަރުތައް ރާއްޖެ އަށް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވީ ސަފީރުން އައްޔަން ކުރާއިރު މިފަދަ ކަންކަމަށް ވިސްނާލަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމް ވިދާޅުވީ މި ސަރުކާރު އައުމުގެ ކުރިން ފޮރިން މިނިސްޓްރީން ބޭރުގެ ގައުމުތަކަށް ކުރަނީ 23 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މި ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. އަހަރެއްގެ މައްޗަށް 640 މިލިއަން ރުފިޔާ ހަމައެކަނި އެމްބަސީތަކަށް ހަރަދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދުބާއީ ކުންފުންޏަކަށް