އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ދުބާއީ ކުންފުންޏަކާއި ހަވާލު ކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން ކުރިޔަށް އޮތް 20 އަހަރަށް މައްސަލަ ހައްލު ވެގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ދުބާއީގެ ޑެފިނިޓް ސޮލިއުޝަންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
އެ މަޝްރޫއުގެ އަގަކީ 31 މިލިއަން ރުފިޔާ ކަމަށާއި އެ މަޝްރޫއުގެ ދަށުން އިންޖީނުގޭގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ބެލްޖިއަމް ކުންފުންޏެއް ކަމަށްވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭބީސީ)ގެ އިންޖީނުތަކެއް ކަމަށް ފެނަކައިން ބުނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ކެމްޕެއިން އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަޝްރޫއު މި އަންނަ އަހަރުގެ ޖުލައި މަސް އަންނައިރުގައި، މުޅިން އެކުގައި ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 26 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވިގެންދާނެ ކަމަށެވެ.
މީގެކުރިން 2024ވަނަ އަހަރު ޗައިނާގެ ޑޮންފަން ކުންފުންޏާއި ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ހަވާލު ކޮށްފައެވެ. އެކަމަކު އެ މަޝްރޫއު ކުރިޔަށް ނުގެންދާތީ އެއްބަސްވުން ވަނީ ބާތިލް ކޮށްފައެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި