މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ގެއްލުން ލިބެމުން އަންނަ އަރަބި އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގުޅާ ރާއްޖޭން އޮތީ އެ ގައުމުތަކާއެކުކަން ހާމަ ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަރަބި އަދި އިސްލާމީ އުންމަތުގެ ގައުމުތަކުގެ އިސްވެރިންނާ މުއާމަލާތްކުރައްވައި، ރާއްޖޭގެ ފުރިހަމަ ތާއީދު އެ ގައުމުތަކަށް އޮތްކަން ހާމަކުރެއްވުމުގެ މަސައްކަތްޕުޅުތަކެއް ކުރިއަށްދާ ކަމަށެވެ.
މިގޮތުން، ރޭގެ ވަގުތެއްގައި ޔޫއޭއީގެ ރައީސްއާ ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާ، ބަހުރެއިން، އޮމާން އަދި ގަތަރުގެ ވެރިންނާ ވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، އީރާނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި މީހުން މަރުވަމުންދާ ދިއުމުގައި، ދިވެހި ރައްޔިތުން ތިބީ އެ ގައުމުތަކާ އެކުގައިކަން ދަންނަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން، އެމެރިކާ އާއި އިޒްރޭލުގެ އިތުރުން އީރާނުން ދެމުންދާ ހަމަލާތައް ރައީސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ. އަދި އެމެރިކާއިން ބޭނުންހާ ގޮތަކަށް އެކި ގައުމުތަކަށް ހަމަލާދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ