އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލެވިފައިވާ ކަމަށް އިސްރާއީލާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރިތާ އެތައް އިރެއް ފަހުން، ޚާމަނައީ އަވަހާރަވިކަން އީރާންގެ މީޑިއާތަކުން އިއުލާން ކޮށްފިއެވެ.
މިކަން އެންމެ ފުރަތަމަ އިއުލާންކުރީ އިސްރާއީލުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ރޭ ބުނަމުން ދިޔައީ ތެހެރާންގައި ހުންނަ ޚާމަނައީގެ ސިއްރު ބިންގަރާހަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އޭނާ އަވަހާރަވެފައިވާ ކަމަށެވެ.
ނަމަވެސް އޭރުވެސް އީރާނުން އެކަން ދޮގުރިއެވެ. ދާދިފަހަކާއި ޖެހެންދެން ޚާމަނައީ އަވަހާރަ ނުވާ ކަމަށާއި ހަނގުރާމައިގެ ކަންކަން ކުރިޔަށް ގެންދަންވީ ގޮތުގެ އިރުޝާދުތައް އެމަނިކުފާނު ދެއްވަމުން ގެންދަވާ ކަމަށް އީރާނުގެ ބައެއް މީޑިއާތަކާއި އަދި މެދުއިރުމަތީގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން ދިޔައެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީއާ ހަވާލާދީ އަލްޖަޒީރާ އިން ވެސް ވަނީ ޚާމަނައީ އަވަހާރަވެފައިވާކަން އިއުލާންކޮށްފައެވެ. އަދި އީރާނުގެ ބައެއް ޓީވީތަކުން ވެސް އެކަން އަންނަނީ އިއުލާން ކުރަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޚާމަނައީ އަވަހާރަވުމާއި ގުޅިގެން އެގައުމުން ވަނީ ހަތް ދުވަސް ސަރުކާރު ބަންދު ކޮށްފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ