މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ވައިގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ހާލަތު ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމް ބައްލަވާލައްވައިފިއެވެ.
މިނިސްޓަރު ތާރިގް އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ، އެ ސަރަހައްދު މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް ބޮޑެތި ލަސްވުންތަކާއި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައި ކަމަށެވެ.
"މީގެ ސަބަބުން އަސަރުކޮށްފައިވާ ހުރިހާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ސިނާޢަތުގެ ހުރިހާ ބައިވެރިންނާ ގުޅިގެން އަޅުގަނޑުމެން ދަނީ މަސައްކަތް ކުރަމުން. ފަސިންޖަރުން ބަހައްޓަވާ ކެތްތެރިކަމާއި ދެއްވާ އެއްބާރުލުމަށްޓަކައި ހުރިހާ ފަސިންޖަރުންނަށް ޝުކުރު ދަންނަވަން. އަދި ސިނާޢަތުގެ ހުރިހާ ބައިވެރިން ކުރައްވާ މަސައްކަތްތަކަށްވެސް ޝުކުރު ދަންނަވަން،" މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ބޮޑެތި އެއާލައިންތަކެއްގެ އޭޖެންޓްކަން ކުރާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް "ހަތާވީސް" އަށް މިރޭ ވިދާޅުވީ، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގައި މިވަގުތުވެސް 2,000 އެއްހާ ފަތުރުވެރިން ތާށިވެފައި އެބަތިބި ކަމަށެވެ.
ފިރާގް ވިދާޅުވީ، އެއާޕޯޓުގައި ތިބި ފަތުރުވެރިން އެކިއެކި ތަންތަނަށް ބަދަލުކޮށް، އެކޮމޮޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
"އެއާޕޯޓުގައި ތިބި މީހުން އެކިއެކި ތަންތަނަށް ލުމުގެ މަސައްކަތް މިދަނީ ކުރަމުން. އަދި މާދަމާ ފުރަން ތިބި ފަތުރުވެރިންވެސް، އެ މީހުން މިހާރު ތިބި ހޮޓަލްތަކާއި ރިސޯޓުތަކާ ވާހަކަ ދައްކައިގެން، އެ ތަންތަނުގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން މިދަނީ،" ފިރާގް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ރާއްޖެއަށް އަންނަން އޮތް ގިނަ ފްލައިޓްތަކެއް ކެންސަލްވެފައިވާއިރު، އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ ބޮޑެތި އެއާލައިންތަކުން ވަނީ ދަތުރުތައް ވަގުތުން ހުއްޓާލާފައެވެ.
ސަރުކާރުން ކަންކަން ކޮށްދެނީ ރައްޔިތުން ދޭ ވޯޓަކަށް ބަލާފައެއް ނޫން
ސަރުކާރަށް އިދިކޮޅުގެ 12 ޑިމާންޑެއް!
ގޮނޑި ގެއްލުނު ސިނާން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަނީ
ރައީސް މުއިއްޒުގެ ކެބިނެޓު 15އަށް މަދުކޮށްފި
އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ގޮވާލައްވައިފި
ވަޒީރުން އިސްތިއުފާ ދެއްވީ ރައީސް ގެންނަވާ ބަދަލުތަކަށް ފުރުސަތު ދޭން