މެދުއިރުމަތީގައި މިއަދު ފެށުނު ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ، ދިވެހިންނަށް ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއެކު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.
އެގޮތުން، ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ދިރާސާކޮށް، މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށް "އަލްޓަނޭޓިވް" މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
ޚާމަނައީ އަވަހާރަވިކަން އީރާނުން ކަށަވަރެއް ނުކޮށްދޭ: ރިޕޯޓް
މޭޔަރު ގޮވާލީ މި ދަނޑިވަޅުގައި ދައުލަތުން ކުރާ އިސްރާފު ހުއްޓާލަން
ތާށިވެފައި ތިބި ފަތުރުވެރިންގެ ހާލަތު މިނިސްޓަރު ބައްލަވާލައްވައިފި
އެންމެ އިސްކަމެއް ދޭނީ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރަން
މެދުއިރުމަތީގެ ހަނގުރާމަ: ދަތިތަކަށް ހައްލު ހޯދަން ހާއްސަ ކޮމެޓީއެއް
މެދުއިރުމަތީ ހަނގުރާމައަކީ ސުލްހައާ ސަލާމަތަށް އޮތް ނުރައްކާއެއް