މެދުއިރުމަތީގައި މިއަދު ފެށުނު ނުރައްކާތެރި އަސްކަރީ ހަމަލާތަކާއި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތައް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި ގުޓޭރޭޒް ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި މި އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ހުރިހާ މެންބަރު ގައުމުތަކަކުން ވެސް އދ. ގެ ޗާޓަރަށް އިހުތިރާމް ކުރަންޖެހޭނެ. ބާރުގެ ބޭނުންކޮށްގެން އެހެން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމަކީ ޗާޓަރުން މަނާކުރާ ކަމެއް،" ގުޓޭރޭޒް ވިދާޅުވިއެވެ.
ސެކްރެޓަރީ ޖެނެރަލް ވަނީ މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލައި، މަސްރަޙު ފިނިކުރުމަށް ގޮވާލައްވާފައެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، މި ހަމަލާތައް ހުއްޓާނުލައިފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރި، އާންމު ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
ގުޓޭރޭޒް އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމަށްޓަކައި ސުލްހަވެރި މަޝްވަރާގެ މޭޒަށް އެނބުރި ދިއުން ނޫން އެހެން ގޮތެއް ނެތް ކަމަށެވެ. އަދި އދ. ގެ ޗާޓަރަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އޮތް އެންމެ ވަރުގަދަ ބިންގާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނާއި އިސްރާއީލުގެ ހަނގުރާމަ ފެށުމާއެކު ދުނިޔޭގެ އެކި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އދ. އިން މިގޮތަށް ގޮވާލުމަކީ ހަނގުރާމަ ހުއްޓުވުމަށް އެޅޭ ބާރެއް ކަމަށް މާހިރުން ދެކެއެވެ.
މެދުއިރުމަތީ ހަނގުރާމައަކީ ސުލްހައާ ސަލާމަތަށް އޮތް ނުރައްކާއެއް
ބޮޑެތި ބައެއް އެއާލައިނުތަކުގެ ދަތުރުތައް ހުއްޓާލައިފި
މެދުއިރުމަތީ ހަނގުރާމަ: އިންޑިއާއިން އިލްތިމާސްކުރީ މަޝްވަރާ ކުރަން
އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް މިސައިލް ހަމަލާއެއް
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ސަމާލުވާން އަންގައިފި
ޒާޔާއަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި