ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން 80،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށޭ ދިރާސީ އައު އަހަރުގައި 80،715 ދަރިވަރުން ތައުލީމު ހާސިލް ކުރާނެއެވެ. އަދި މި ކުދިންނަށް ކިޔަވައި ދިނުމަށް 9،952 ޓީޗަރުން ހަރަކާތްތެރިވާނެއެވެ.
މިއަދަކީ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. އެހެންކަމުން މިއަދު ގިނަ ސްކޫލުތަކުގައި ކިޔަވައި ދިނުމެއް ނޯންނާނެއެވެ. ހާއްސަ އެސެމްބްލީ އަށް ފަހު އޮންނާނީ ދަރިވަރުން ދިޔަ ކްލާސްތަކަށް ގޮސް އެއްކުއްޖަކު އަނެއްކުއްޖަކަށް ތައާރަފުވުމެވެ. އަދި ޓީޗަރުން ތައާރަފުމެވެ.
މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދޭނެއެވެ.
ތަޢުލީމީ ވުޒާރާއިން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން، މި ފެށޭ ދިރާސީ އަހަރު ސަރުކާރުގެ މަދަރުސާތަކުގެ ފުރަތަމަ ގްރޭޑަށް ވަނުމަށް ޖުމްލަ 4،790 ކުދިން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ ސްކޫލްތަކަށް ވަނުމަށް އެދުނު 3،042 ކުދިންނާއި، މާލޭގެ މަދަރުސާތަކުން ޖާގަ ހޯދުމަށް އެދުނު 1،748 ކުދިންނެވެ.
މީގެ އިތުރުން، މިއަހަރުވެސް އަތޮޅުތެރޭގެ ރަށްރަށުން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރުން ބަދަލުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މާލޭގެ މަދަރުސާތަކުން ހުޅުމާލޭގެ މަދަރުސާތަކަށް ބަދަލުވުމަށް 836 ދަރިވަރުން ވަނީ ހުށަހަޅާފައެވެ.
ހޯދަމުންދިޔަ އިގުބާލް، ބޮއެއްގެ ކައިރީ އޮއްވާ ފެނިއްޖެ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ދިގުރަށު އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުވެއްޖެ
ހަނގުރާމައިގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުދޭނަން