އަވަށްޓެރި ސްރީލަންކާއަށް ތޫފާނެއް އަރާ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެގައުމަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ފެށި ހާއްސަ ޓެލެތޯން ނިންމާލައިފިއެވެ.
މި ޓެލެތޯން ޕީއެސްއެމް އިން ފަށާފައި ވަނީ އިއްޔެ ހެނދުނު 9:00ގައެވެ. ޓެލެތޯން މިއަދު މެންދުރު 14:00ގައި ނިންމާލިއިރު އިރު 10،892،357.82 ރުފިޔާ އަދި 43،631.31 ޑޮލަރު 672،795 ރުފިޔާ ލިބިފައިވެއެވެ.
މި ޓެލެތޯނަށް ސަރުކާރުގެ އެކި ކުންފުނިތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޯށްދީފައެވެ. އަދި ދައުލަތުގެ ވުޒާރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ތޫފާން "ދީތުވާ"ގެ ސަބަބުން ލަންކާގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 330 އަށް އަރާފައެވެ.
އެ ހާދިސާތަކާ ގުޅިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން، ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން