ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ލަފާގެ މަތިން އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ތިނަދޫ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ފަރާތްތަކުން އިދާރީ ހިދުމަތުގެ ފީގެ ގޮތުގައި 5،000 ރުފިޔާ ނަގަން ނިންމައިފިއެވެ.
އެ ނިންމުން ތަންފީޒުކުރަން ފަށާފައިވަނީ 2025 ނޮވެމްބަރު 16 ވަނަ ދުވަހުން ފެށިގެން ކަމަށް އިއްޔެ ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.
އެ ފީ ނެގުމުގެ މައިގަނޑު މަގުސަދަކީ ތިނަދޫ ސިޓީގެ އާބާދީ ހިފެހެއްޓުމެވެ. ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ފީއެއް ނެގުމަށް ކައުންސިލުން ކުރިން ނިންމާފައިވީ ނަމަވެސް، އިޖުރާއަތުތައް ފުރިހަމަ ނުވާތީ އެލްޖީއޭ އިން 9 ޖުލައި 2025ގައި ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ އެކަން އިސްލާހު ކުރުމަށް ލަފާދީފައެވެ.
އެލްޖީއޭގެ އެ ލަފާގެ މަތިން ތިނަދޫ ސިޓީ ކައުންސިލުން ވަގުތީ ގޮތުން ފީ ނެގުން ހުއްޓާލިއެވެ.
އެލްޖީއޭގެ ލަފާގެ މަތިން އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ ގޮތުން، ކައުންސިލުން ވަނީ 10 އޮގަސްޓް 2025 ގައި ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދުތައް (0 އިން 5000 ރުފިޔާއާ ދެމެދު) ހިމެނޭ ގޫގުލް ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު ހޯދާފައިވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ނަތީޖާއިން ދައްކާ ގޮތުގައި، ބައްދަލުވުމުގައި ބައިވެރިވި މެޖޯރިޓީ ރައްޔިތުން ވަނީ 5000 ރުފިޔާގެ ފީއެއް ނެގުމަށް ފެންނަ ކަމަށް ހިޔާލު ދީފައިވެއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެ ހުށަހެޅުމަށް ރިއާޔަތްކޮށް، މިމަހުގެ 16ގައި ރަށްވެހިކަން ދޫކުރާ ފަރާތްތަކުން 5000 ރުފިޔާގެ އިދާރީ ފީ ނެގުމަށް ފާސްކޮށްފައިވާ ކަމަށެވެ.
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް
ޕެޑުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ: ރޮޒައިނާ
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް
ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4ގައި
ޑުރަގުގެ ބޮޑުންނަށް މިނިސްޓަރު އިހުސާންގެ އިންޒާރެއް!
މިއީ، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤެއް، މި ޙައްޤު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، އެއީވެސް މިނިވަން ދިމިޤްރާޠީ ވެއްޓެއްގައި އެކަން އޮންނަ މިންވަރަކަށް. މިގޮތަށް ކުޅަނދު މަދުކޮށް ކުރާ އިޢުލާނަކުން އެ ޙައްޤު ހަންޏެއްނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުތަކަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް. މިފަދަ ކައުންސިލަރުން ޖަވާބުދާރީކުރުވުން ރައްޔިތުންގެ މައްޗަށް ވާޖިބުވެގެންވޭ.
މުސައްނިފުއްދީން