އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމުގެ ޖައްވީ ދާއިރާއަށް ބޮޑު ޕްލޭނެއް އޮތްކަން ހާމަކުރައްވައިފިއެވެ.
މި ޕްލޭނުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަހަރަކު 50 ރޮކެޓް ޖައްވަށް ފޮނުވުމާއި، ފަސް ޖައްވީ ސްޓާޓްއަޕް (ޔުނިކޯން) ގާއިމް ކުރުމެވެ.
ގައުމީ ޖައްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި މެސެޖެއްގައި ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ: "މި ޖައްވީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު އިންޑިއާގެ ޖައްވީ ސްޓާޓްއަޕްތަކަށް ދަންނަވާލަން ބޭނުންވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖައްވީ ދާއިރާގައި ފަސް ޔުނިކޯން އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމެވެ. މިހާރު އިންޑިއާއިން އަހަރަކު ގާތްގަނޑަކަށް 5-6 ބޮޑެތި ލޯންޗްތައް އެގައުމުގެ ބިމުން ކުރިއަށް ގެންދެއެވެ. އަޅުގަނޑުގެ ބޭނުމަކީ އަމިއްލަ ފަރާތްތަކުން މި ދާއިރާއަށް ވަދެ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަހަރަކު 50 ރޮކެޓް ޖައްވަށް ފޮނުވާލުމެވެ. މާނައަކީ ކޮންމެ ހަފްތާއަކު އެއް ރޮކެޓް ފޮނުވާލުމެވެ."
ބްލޫމްބާގް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މޯދީ މިކަން ހާމަކުރެއްވުމުގެ އިތުރުން، އިންޑިއާ އިން ވަރަށް އަވަހަށް އަމިއްލަ ފަރާތަކުން އުފައްދާ ފުރަތަމަ ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް (ޕީއެސްއެލްވީ) ވެސް ޖައްވަށް ފޮނުވާނެއެވެ.
އަދި އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ޗެއާމަން ވީ ވަނީ ދެ މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ މުވާސަލާތީ ސެޓެލައިޓެއް އިންޑިއާއިން ޖައްވަށް ފޮނުވާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މީގެ އިތުރުން، އެމެރިކާގެ ނޭޝަނަލް އެރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އާއި އިސްރޯ ގުޅިގެން އުފައްދާފައިވާ ރާޑަރު ސެޓެލައިޓެއް ވެސް ޖައްވަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިހާބުގެ އެމްޑީޕީ ތަރުޖަމާނަކަށް ވައްޑެ، ނައިބަކަށް ހުސައިން
އެމްޑީޕީ ކެމްޕެއިން މެނޭޖަރަކަށް ކުޑޫ، ނައިބުންނަށް ނިޔާ، ކުޑޫ، އައިކު
މޫނު އޮމާންކޮށްދޭ ބޭސް ވިއްކާ ޕޭޖުތަކަށް ފިޔަވަޅު އަޅަނީ
ފްލެޓާ ގޯއްޗަށް 500އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި
ބަންޑުން ޖަހާލި ބޯޓުން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ