އިންޑިއާގައި އުފައްދާ ފުރަތަމަ ސެމީކޮންޑަކްޓާ ޗިޕް މި އަހަރުގެ ނިޔަލަށް ބާޒާރަށް ނެރުމުގެ މަސައްކަތް ނިމޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.
މިކަމަކީ ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ''ދަ އިކޮނޮމިކް ޓައިމްސް ވޯލްޑް ލީޑާސް ފޯރަމް'' ގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، އިންޑިއާގެ އަމިއްލަ 6ޖީ ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.
މޯދީ ވިދާޅުވި ގޮތުގައި، ސެމީކޮންޑަކްޓާ އުފެއްދުމުގެ މަސައްކަތް 50-60 އަހަރު ކުރިން އިންޑިއާގައި ފެށުމުގެ ފުރުސަތު އޮތް ނަމަވެސް އެ ފުރުސަތު ގެއްލިގެން ދިޔައެވެ. ނަމަވެސް، އެތައް އަހަރެއްގެ ލަސްވުމަށްފަހު، މިހާރު މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ހާލަތު ބަދަލުވެ، ސެމީކޮންޑަކްޓަރާ ގުޅުންހުރި ކާރުހާނާތައް އިންޑިއާއަށް އަންނަން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޓެލެކޮމިއުނިކޭޝަން ދާއިރާގެ ކުރިއެރުންތަކުގެ އިތުރުން، އިލެކްޓްރިކް ވެހިކަލް (އީ.ވީ.) ދާއިރާގައި ވެސް އިންޑިއާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މޯދީ ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، 100 ގައުމަށް އީ.ވީ. އެކްސްޕޯޓްކުރުމަށް އިންޑިއާ މިހާރު ތައްޔާރުވަމުންދާ ކަމަށާއި، މި ކަމާ ގުޅޭ ބޮޑު ޕްރޮގްރާމެއް އޮގަސްޓް 26 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އިގްތިސާދީ ކުރިއެރުންތަކަށް ބައްލަވައިލައްވަމުން މޯދީ ވިދާޅުވީ، "ރިފޯމް، ޕާފޯމް، ޓްރާންސްފޯމް" (އިސްލާހުކުރުން، ކަންކަން ހިންގުން، ބަދަލުކުރުން) މި ސިޔާސަތުތަކަށް އިންޑިއާ ތަބާވާނަމަ، މަޑުޖެހިފައިވާ އިގްތިސާދީ ކުރިއެރުންތައް ހޯދުމަށް ދުނިޔެއަށް އެހީތެރިވެދެވޭނެ ކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި