އިންޑިއާގެ ވެރިރަށް ދިއްލީގެ ތާރީހީ ރެޑް ފޯޓު ކައިރީގައި ރޭ ހިނގި ގޮވުމެއްގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސް މި ތައުޒިޔާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ފުންކޮށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
"ދިއްލީގެ ރެޑް ފޯޓު ކައިރީގައި ހިނގި ގޮވުމެއްގައި ގިނަ ބަޔަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ފުންކޮށް ހިތާމަ ކުރަމެވެ. މަރުވި ފަރާތްތަކުގެ އާއިލާތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ،" ރައީސް ވިދާޅުވިއެވެ.
އަދި ޒަހަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މި ދަތި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ އިންޑިއާގެ ރައްޔިތުންނާއި ސަރުކާރާއެކު އެއްބައިވަންތަކަމާއެކު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރެޑް ފޯޓު ކައިރީގައި ހިނގި މި ހާދިސާއަކީ ގިނަ ބަޔަކު މަރުވިއިރު އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެއެވެ.
މި ހާދިސާ އިންޑިއާގެ ފުލުހުން ދަނީ ބަލަމުންނެވެ. މި ގޮވުމުގެ ސަބަބުން ދިއްލީގެ މި މުހިންމު ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ