ދެކުނު އެފްރިކާގެ ޖޮހޮނެސްބަރގްގައި ބާއްވާ ޖީ-20 ސަމިޓްގައި މިއަހަރު އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިކަން އިއުލާންކުރެއްވީ އެމަނިކުފާނު ހިންގަވާ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައެވެ. އަދި ދެކުނު އެފްރިކާގެ ފޮރިން މިނިސްޓްރީއިން ބުނީ ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓް ދެކުނު އެފްރިކާގެ ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ޓްރަމްޕް ބައިވެރިވެވަޑައިނުގަތުމަކީ ހިތާމަކުރާ ކަމެއްކަމަށެވެ.
ޖީ-20 ގައި މިއަހަރު އެމެރިކާއިން ބައިވެރި ނުވާން ނިންމީ ދެކުނު އެފްރިކާގައި ހިނގަމުންދާކަމަށް ޓްރަމްޕް ތުހުމަތުކުރައްވާ އިންސާނީ ހައްޤުތަކަށް އަރައިގައިގަތުމުގެ އަމަލުތަކާ ހެދިއެވެ. އަދި ދެކުނު އެފްރިކާގައި މިއަހަރު ޖީ-20 ސަމިޓް ބޭއްވުމަށް ނިންމި ނިންމުމަކީ ލަދުވެތި ކަމެއް ކަމަށާއި، އަންނަ އަހަރު އެމެރިކާގެ މަޔާމީގައި ޖީ-20 ސަމިޓް ބޭއްވުމަށް މިހާރު ތައްޔާރުވެވަޑައިގަންނަވަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ދެކުނު އެފްރިކާގައި އިންސާނީ ހައްޤުތަކާއި ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވަނީ، އެ ގައުމުގައި ދިރިއުޅޭ ދޮން ނަސްލުގެ މީހުންގެ ހައްގުތަކަށް އަރައިގަންނަކަމަށް ކުރައްވާ ތުހުމަތުތަކަށް ބިނާކޮށެވެ.
ޒަމާންތަކެއް ވަންދެން ޔޫރަޕް ދަރިކޮޅުގެ ދޮން މީހުން ދެކުނު އެފްރިކާގައި ވެރިކަން ކުރި އިރު ހިންގަމުން އައި ނަސްލީ ތަފާތުކުރުންތައް ނެލްސަން މަންޑޭލާގެ ލީޑަރުކަމުގެ ދަށުން އެގައުމުން ނައްތާލައި، ފަހުން އަމަލުކުރަން ފެށި ބިމާ ބެހޭ ގާނޫނުތަކުން ދޮން ނަސްލުގެ މީހުންގެ ހައްގުތައް ގެއްލޭކަމަށް ޓްރަމްޕް ވިދާޅުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ޓްރަމްޕްގެ މި ވާހަކަތައް ބިނާކުރެއްވީ އެމަނިކުފާނުގެ އެންމެ އަރިސް މުޝީރެއްގެ ގޮތުގައި ކުރިން ހުރި އީލަން މަސްކް އަކީ ދެކުނު އެފްރިކާގެ ދޮން ނަސްލުގެ މީހަކަށް ވެފައި، އޭނާގެ ވާހަކަތަކަށެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި ގަތުލު އާއްމާއި ދެކޮޅަށް ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަކީވެސް އެމެރިކާއިން އެކަމާ ނުރުހޭ ކަންކަމެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ޖީ-20 ސަމިޓަށް ދެކުނު އެފްރިކާއަށް ވަޑައިގަންނަވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، މިހާރު އެ ނިންމުން ވަނީ ބަދަލުކުރައްވާފައެވެ.
ޔުނީފޯމަށް ގެނައި ބަދަލާ ނަޝީދު ދެކޮޅު!
ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ބައެއް ކަނޑާލަން ނިންމައިފި
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް
ޕެޑުގެ އަގު ކޮންޓްރޯލް ކުރަން ޖެހޭ: ރޮޒައިނާ
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި: ރައީސް