އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްދީފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އޮފީހުން ހުށަހެޅި ބަޖެޓު ފާސްކުރުމަށް 51 މެންބަރުން ވޯޓު ދެއްވިއެވެ.
މި ބަޖެޓަކީ މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓަށްވުރެ 20 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ.
އޮޑިޓު އޮފީހުން ހުށަހެޅި ބަޖެޓުގެ ތެރޭގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހިނގާ ގޮތް ދެނެގަތުމަށް ކުރާ އޮޑިޓުތަކަށް 41.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އެ ފައިސާ ނުހިމަނާ އޮޑިޓު އޮފީހުގެ ބަޖެޓުގެ ޖުމްލައަކީ 92 މިލިޔަން ރުފިޔާއެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
އޮޑިޓު އޮފީހުން ބުނީ އަންނަ އަހަރު ހާއްސަ 9 އޮޑިޓެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި މުޅި ދައުލަތުގެ ނަޒަރިއްޔާއިން ބަލާލާއިރު އިތުރު 8 އޮޑިޓެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ