ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެން ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ސަރުކާރު ހަމަމަގުން ކައްސާލައިފި ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޕީއެންއެފް އާއި އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީ ތަކާއެކު އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވަން އެއް ޕްލެޓްފޯމަކަށް އައުމުގެ މާނައަކީ ހުރިހާ ޕާޓީއެއްގެ ފަލްސަފާ އާއި ގަބޫލު ކުރާ ހަމަތައް އެކައްޗަކަށްވުން ނޫން ކަން އަޅުގަނޑުމެންވެސް ގަބޫލޫކުރަން. ކޮންމެ ސަރުކާރެއް އޮތަސް އިދިކޮޅުގައި ތިބޭ ޕާޓީތައް ސަރުކާރު ޓްރެކުން ކައްސާލާ ކަމަށްވާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ޔާމީން ވިދާޅުވި ފަދައިން އެއީ ޕާޓީތަކުގެ ޒިންމާއެއް ކަމަށާއި ސިޔާސީ ޕާޓީ އުފައްދާފައި އެޕާޓީތަކަށް މަތި ކޮށްފައި އޮތް ޒިންމާއެއް އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޒިންމާ އަދާކުރުމަށް އަދާލަތު ޕާޓީ އެހެން ޕާޓީތަކާއި އެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި