ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފ. ފީއަލީގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައި ވާތީ އެ މަޝްރޫއުތައް އަލުން ފައްޓައި ދެއްވުމަށް އެރަށު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
"ރައްޔިތުންނާގާތަށް" މި ސިލްސިލާގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ދަތުރުފުޅެއް ފައްޓަވައިފައެވެ. އިއްޔެ އެމަނިކުފާނު ވަނީ ވ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައެވެ.
މިހާރު އެމަނިކުފާނު ދަތުރުފުޅު ކުރައްވަމުން ގެންދަވަނީ ފ. އަތޮޅަށެވެ. އެ އަތޮޅު ފީއަލީއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އޮޅުންފިލުއްވިއެވެ.
ފީއަލީ ރައްޔިތުން އެ ބަައްދަލުވުމުގައި ވަނީ އެރަށަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ކުރީ ސަރުކާރުން ފަށާފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު އެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން ރައީސްގެ އަރިހުން އެ ރައްޔިތުން އާދޭހާއެކު އެދުނީ އެ މަސައްކަތްތައް އަލުން ފަށައި ދިނުމަށެވެ. ހާއްސަކޮށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް އެދުނެވެ.
ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ އެ ކަންބޮޑުވުންތައް އަޑު އައްސަވާ ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ އެރަށުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަށް އިތުރު 15 ހެކްޓަރުގެ ބިން އިތުރު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުފެށި އޮތީ ބޮޑު ހިލަ ލިބުމުގައި ދިމާވި ދަތިތަކަކާއި ގުޅިގެން ކަމަށާއި އެކަމަކު މިހާރު އެކަން ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން ލަސްތަކެއް ނުވެ ބޮޑުހިލަ އެރަށަށް ވެސް ގެންދެވޭނެ ކަމަށާއި އަދި ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ މަޝްރޫއުތައް ހުއްޓިފައި ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެގެން ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން