ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ހޯދައި ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ޝަރުއީ ދާއިރާއަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޖުޑިޝަރީ މިނިވަންކަމާއެކު ފަންކްޝަންކުރުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ކަމަށެވެ.
އެކަމަށް މަގުފަހިކުރުމަށްޓަކާ ކުރެވެމުންދާ ކަންކަމުގެ ތެރެއިން މާލީގޮތުންނާއި އިދާރީގޮތުން މިހާތަނަށް ނެތް މިނިވަންކަން މިއަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން ޖުޑީޝަރީއަށް ލިބިގެންދާނޭ ބޮޑު ބަދަލެއް ގެނައުމަށް ކެބިނެޓުގައި މަޝްވަރާ ކޮށް އިއްޔެ ވަނީ ނިންމާފައިވާ ކަމަސް ރައީސް ފާހަގަކުރެއްވިއެވެ.
"އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
އެގޮތުން ކަނޑައެޅޭ އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި