އޮސްޓްރޭލިއާ އެއްގަމު ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ސައިމަން ސްޓުއަރޓް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ސަދަން ކޮމާންޑަށް ޒިޔާރަތްކުރައްވައިފިއެވެ.
ޕޫނޭގައި ހުންނަ ސަދަން ކޮމާންޑަށް ކުރެއްވި ޒިޔާރަތުގައި ޖެނެރަލް ސްޓުއަރޓް ވަނީ އިންޑިއާގެ ސަދަން އާމީ ކޮމާންޑުގެ ކޮމާންޑާރު، ލެފްޓިނެންޓް ޖެނެރަލް ދިރަޖް ސެތް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މި ދެގައުމުގެ އެއްގަމު ސިފައިން ގުޅިގެން ހިންގާ ތަމްރީނުތަކާއި ބެހޭ ގޮތުންނާއި، އޮޕަރޭޝަނަލް ކޭޕަބިލިޓީޒް އާއި ބެހޭ ގޮތުން ދެ ޖެނެރަލުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޖެނެރަލް ސްޓުއަރޓް ވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑަމީއަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކިޔަމުންދާ ދަރިވަރުންނާއި މުޚާޠަބުކުރައްވާފައެވެ.
ޖެނެރަލް ސްޓުއަރޓްގެ މިދަތުރުފުޅުގައި އިންޑިއާގެ ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކަށް ޒިޔާރަތްކުރައްވާނެއެވެ. މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އޮސްޓްރޭލިއާގެ އާމީގެ ވެރިޔާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން މިގެންދަވަނީ ދެގައުމުގެ މެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ޕެސިފިކް ކަނޑަށާއި ދެކުނު ޗައިނާ ކަނޑައަށް އަތްގަދަކުރުމަށް ކުރާ މަސައްކަތްތަކަށް ފާރަވެރިވުމަށް އުފައްދާފައިވާ ކުއަޑްގައި މިހާރު ވެސް އެމެރިކާ، ޖަޕާނާއެކު މި ދެގައުމުންވެސް ދަނީ އިސް ރޯލެއް އަދާކުރަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް