އަވަށްޓެރި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިއަދު ވިދާޅުވީ ލަންކާގެ ރައީސް ރާއްޖެ އަށް މިއަދު ކުރެއްވި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއަދު ހެނދުނު ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެމަނިކުފާނުގެ އިސްތިގުބާލުގައި ކެބިނެޓުގެ ވަޒީރުންވެސް ތިއްބެވިއެވެ.
ލަންކާގެ ރައީސް ރާއްޖެ އަށް ވަޑައިގެންފައި ވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. މިއީ ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ބޭރު ގައުމެއްގެ ލީޑަރަކު ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން