ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން 13 އަތޮޅަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.
ފަތިހު ވެސް ވަނީ އެ 13 އަތޮޅަށް ޔެލޯ އެލާޓް ނެރެފައެވެ.
ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދު ހިމެނޭ 13 އަތޮޅަކަށް ނެރުނު ޔެލޯ އެލާޓްގެ ނެރުނީ ހަތަރު ގަޑިއިރަށެވެ. އެއީ މިއަދު މެންދުރުފަހު 1:30 އިން ފެށިގެން މިއަދު ހަވީރު 5:30 އަށެވެ.
މިއަދުގެ މިހާތަނަށް ވަނީ ދެ ޔެލޯ އެލާޓާއި ފަސް ވައިޓް އެލާޓް ނެރެފައެވެ.
ވައި ބާރުވެ، ކަނޑުތައް ގަދަވެ، އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ބުދަ ދުވަހު ވަނީ "މޫސުމާ ބެހޭ އެޑްވައިޒަރީ"އެއް ނެރެފައެވެ.
އެ އޮފީހުން ބުނީ ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާއްސަކޮށް، ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ވުމާ އެކު ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާ އެކު މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ." މެޓް އޮފީހުން ބުންޏެވެ.