ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މަތީ ފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަވާ ދަތުރުފުޅެކެވެ.
ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރައްވާފައި ވަނީ ޝާހީ ގަނޑުވަރު ވިންޑްސޯ ކާސަލްގައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީއާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި އެގައުމުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކަރާ ވެސް ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން