ގުޅިފަޅު ގޯތިތަކާ ގުޅޭ މައްސަލައިގައި ސަރުކާރުން އަނެއްކާވެސް ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ފައްޔާޒު "އެކްސް"ގައި ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށާއި، ނަމަވެސް ގޯސްކޮށް ކުރާ ކަންކަން ފަހުން މަޖުބޫރުވެގެން ނަމަވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް ކަމުގައެވެ.
"މިހާ ހިސާބަށް ކަންކަން ދިޔައީމާ އަމިއްލަ ނަފްސާ އެބަޖެހޭ ސުވާލުކޮށްލަން ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ. ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށް ޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުމަށް އިތުރު ބަދަލުތަކެއް ނުގެނެސް، ކުރިން އޮތް ގޮތަށް ގުޅިފަޅު ގޯތިތައް ހަވާލު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ގުޅިފަޅު ގޯތިތަކުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑަށް ޖަދަލު އުފެދިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ސަރުކާރުން ވަނީ ތަފާތު ގޮތްގޮތަށް ނިންމުންތައް ނިންމާފައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ