ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް 1244 ޒުވާނުން ކުރިމަތިލާފައިވާކަމަށް ދިފާއީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ދިފާއީ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ހުރިހާ ގޮތަކުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚްލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ޖިސްމާނީގޮތުންނާއި ސިއްހީގޮތުން ދުޅަހެޔޮކަން ހޯދައިދިނުމަށް އަމާޒުކޮށްގެން ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ދޭނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަސައްކަތަކީ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންގެ މެދުގައި އިޖުތިމާއީ ރޫހު އާލާވެ، ގައުމަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި