ލިޔުންތެރިންނަކީ އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކުކަމުގައި ވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ލިޔުންތެރިކަމުގެ ދުވަހާއި ގުޅިގެން ފޮނުއްވި ހިތާބެއްގައެވެ. އެ ހިތާބުގައި ލިޔުންތެރިންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ގައުމެއްގެ ނިސްބަތުގައި ނޯންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލިޔުންތެރިކަމަކީ އަމާނާތެކެވެ. ލިޔުންތެރީންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވެއެވެ. ހަމަ އެހެންމެ، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދެއެވެ،" ރައީސް ވިދާޅުވިއެވެ.
ދިވެހި ތާރީހަ ބަލާއިރު، ދިވެހިރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރީން ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދީނީ އިލްމުވެރީން ދީނީ ރޮނގުންނެވެ. އަދަބީ އިލްމުވެރީން އަދަބީ ރޮނގުންނެވެ. ތާރީހު އިލްމުވެރީން ތާރީހީ ރޮނގުންނެވެ. ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެދެ ދާއިރާއިންނެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރެއްވި އެންމެހައި ލިޔުންތެރީންނަށް މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ހިތާބު ނިންމާލައްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަސްލަހަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވަން އެދިވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި