ސްރީލަންކާގެ ކޮލޮމްބޯ ޑޮކްޔާޑް ޕލސ ގެ މެޖޯރިޓީ ހިއްސާ އިންޑިއާގެ މަޒަގޮން ޑޮކް ޝިޕްބިލްޑަރސްއަށް ވިއްކާލުމަށް ނިންމައިފިއެވެ.
މުމްބާއީގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ، އިންޑިއާ ސަރުކާރު ހިއްސާވާ މަޒަގޮން އިން ކޮލޮމްބޯ ޑޮކްޔާޑްސްގެ 51 އިންސައްތަ ގަތުމަށް ހަމަޖެހިފައިވަނީ 52.96 މިލިއަން އެމެރިކާ ޑޮލަރަށެވެ. ކޮލޮމްބޯ ޑޮކްޔާޑްސްއިން ބުނީ އެކުންފުނީގެ ބޯޑުން މަޒަގޮން ޑޮކްޔާޑްއާއި، ޖަޕާނުގެ އޮނޮމިޗީ ޑޮކްޔާޑާއެކު މިމަހުގެ 27 ވަނަ ދުވަހު ހިއްސާ ވިއްކާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޮނޮމިޗީ އަކީ މިހާރު ކޮލޮމްބޯ ޑޮކްޔާޑްގެ މެޖޯރިޓީ ޝެއަރ ހޯލްޑަރެވެ. ޕްރައިމަރީ އަދި ސެކަންޑްރީ ޝެއަރ ޕަރޗޭޒް އެގްރިމެންޓެއްގެ ދަށުން، ކޮލޮމްބޯ ޑޮކްޔާޑްގެ މެޖޯރިޓީ ހިއްސާ މަޒަގޮން އިން ގަތުމުން، ކޮލޮމްބޯ ޑޮކްޔާޑް ވެގެންދާނީ މަޒަގޮންގެ ސަބްސިޑިއަރީއަކަށެވެ. އެއްބަސްވުމުގައި ސޮއިކުރިނަމަވެސް، މި ޑީލް އެއްކޮށް ނިމޭނީ ކޮލޮމްބޯ ޑޮކްޔާޑް ލިސްޓްކޮށްފައިވާ ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާއި، ލަންކާގެ ކަމާއި ބެހޭ އެހެން އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދައި، ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުންނެވެ.
މަޒަގޮން އިން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް 4-6 މަހުގެ ތެރޭގައި އެ މަރުހަލާ ނިމެނޭއެވެ. ކޮލޮމްބޯ ޑޮކްޔާޑްއިން އެކުންފުނީގެ މެޖޯރިޓީ ހިއްސާ އިންޑިއާގެ މަޒަގޮންއަށް ވިއްކާލަން ނިންމީ، އެކުންފުންޏަށް މާލީ އަދި އެހެނިހެން ގޮންޖެހުންތައް ދިމާވަމުން ދިޔުމާއި ގުޅިގެންނެވެ. މި ދަތިތަކުގެ ތެރޭގައި ކުންފުނީގެ މައި ހިއްސާދާރު އޮނޮމީޗީ އިން އެކުންފުނީގެ ހިއްސާތައް ދޫކޮށްލުމަށް ނިންމުމަކީވެސް އިންޑިއާ ކުންފުންޏަށް ހިއްސާ ވިއްކާލަން ޖެހުނު އެއް ސަބަބެވެ. އަނެއްކޮޅުން މަޒަގޮން އިން ކޮލޮމްބޯ ޑޮކްޔާޑް ގަތީ އެކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އާ މާކެޓަށް ވަނުމުގެ ބޭނުމުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި