ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ވިސާ ޑެބިޓު ކާޑުން ރާއްޖޭން ބޭރަށް ގޮސް ކުރާ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓު ދެ ގުނަ ކޮށްފިއެވެ.
މިހާރު ބީއެމްއެލް ޑެބިޓު ކާޑުން މުއާމަލާތް ކުރެވެނީ 250 ޑޮލަރެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއިއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދު 10 ޑޮލަރަށް ވަނީ ބޮޑު ކޮށްފައެވެ.
ބޭންކުން އިސްކަންދެނީ ރާއްޖޭން ބޭރުން ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދާ ދިނުން ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
އިންތިހާބާ ގުޅުވާ ރިޝްވަތުގެ އަމަލު ހިންގާނަމަ ރިޕޯޓުކުރަން އެދިއްޖެ
އަންހެން ވޮލީ ޓީމުގެ ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު
ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި
ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަން ފަށައިފި
ޑުރަގު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި