އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެހެން ވިދާޅުވީ އެމްޑީޕީއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ފަށާ ހަރަކާތްތަކާ ގުޅޭ ގޮތުން އެމްޑީޕީ އޮފީހުަގއި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.
"އިރާދަ ކުރެއްވިއްޔާ ދުނިޔޭގައި ހުރެއްޖެއްޔާ ކުރާނަން،" ޕްރައިމަރީގައި ވާދަކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ފައްޔާޒު ވިދާޅުވިއެވެ.
ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ޝާހިދާ ސުވާލު ކުރެއްވުމުން ވިދާޅުވީ އޭނާގެ އަމާޒު ހުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކަންވާނީ ޕްރައިމަރީއަށް ހުޅުވާލުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި