ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން "ގަނެފައިވާ" ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. މުހައްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގައި މަސައްކަތެއް ނެތި ކޮންމެ ދުވަހަކު ހެނދުނު ޖަލްސާ ނިންމާލަމުންދާއިރު، މެންދުރުގެ ފަރިއްކޮޅު ތައްޔާރުކުރާ ވަގުތު މެންބަރުން ތިއްބަވަނީ ގޭގައެވެ. ޝަމްހީދު ވަނީ މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ، ރަމަޖިލީހުގައި އިސްރާފު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
މީގެއިތުރުން، ޝަމްހީދު ވަނީ މާލީ ވަޒީރު މޫސާ ޒަމީރަށް ފާޑުވިދާޅުވެފައެވެ.
"މާލީ ވަޒީރު އެ ހެރީ މަޖިލިސް މެންބަރުން ގަނެގެން އެބޭފުޅާގެ ކަންތައް ހަމަޖައްސައިގެން، ކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ،" ޝަމްހީދު ވިދާޅުވިއެވެ.
އަދި ޝަމްހީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުދި ވިޔަފާރިތައް "ފުނޑާލާފައިވާ" ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ.
މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ފައިސާ އިސްރާފުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޝަމްހީދު ގޮވާލައްވާފައިވެއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު