ރާއްޖޭގައި ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން ބަރަހަނާވެ، ބޭއަދަބީ އަމަލުތައް ހިންގަމުން އަންނާނީ އެކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން މަޝްވަރާ ކުރަން ފަށައިފިއެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހަށް ވަނީ ޝަކުވާ ލިބިފައެވެ. އަދި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ވަނީ އެ މައްސަލަ ބަލަން ވެސް ފަށައިފައެވެ.
މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިންގާ އަމަލުތަކުގެ ސަބަބުން ދިވެހިންގެ އިޖުތިމާއީ ފޭރާން ވީދި، އެކަމުގެ ކަންބޮޑުވުންތައް އާއްމު ރައްޔިތުން ފާޅުކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެ ކޮމެޓީން މިއަދު ވަނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ. އެންސީއައިޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެންސީއައިޓީގެ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދުއެވެ.
އޭނާ ވިދާޅުވީ އެންސީއައިޓީއަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި އެހެންނަމަވެސް އެކަން ކުރެވޭނީ އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމަކީ އެ އިދާރާގެ ދައުރެއް ނޫން ކަމަށެވެ.
އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ އަށް ކަމަށާއި އެހެންނަމަވެސް އެންސީއައިޓީއަށް އެކަމުގެ ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެއިތުރުން ވެސް އެކަން ކުރެވޭނީ އެ ޕްލެޓްފޯމްތަކާ އެކުގައި ވެސް މަޝްވަރާކޮށް، އެމްއޯޔޫތައް ހެދިގެން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ޕްލެޓްފޯމުތައް ރެގިއުލޭޓު ކުރަނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ވައި ނުސާފުވުމުން އެޗްޕީއޭ އިން "ރެޑް އެލާޓު" ނެރެފި
ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ދޮރުންދޮރަށް
ނަވީން ރިޓަޔާ ކުރެއްވުމުން ފުލުހުންގެ ހިންގުން ފަރުހާދަށް
ބަރުބަރީ މިސްކިތް ހުޅުވައިފި، 1400 މީހުންނަށް ނަމާދު ކުރެވޭނެ
ހަނދު ފެނިއްޖެ، މާދަމާ އަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް!
މީގެ ދެ ދުވަސްކުރިން ކައުންސިލަރުންނަށް އެޖެންޑާ ވަނީ ހިއްސާކޮށްފައި