ސްރީ ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތައް ސަސްޕެންޑްކޮށްފައި ވާތީ ލަންކާގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނާއި އަދި އެގައުމަށް މަތީ ތައުލީމު ހާސިލް ކުރުމަށް ދިއުމަށް ނިންމާފައިވާ ދަރިވަރުން ސަލާމުކަން ދިނުމަށް މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެދިއްޖެއެވެ.
ލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާ އިރު އޭގެ ތެރޭގައި އޭގެ ތެރޭގައި މެޓްރޯޕޮލިޓަލް ކޮލެޖާއި އީސޮފްޓް ގެ ހުރިހާ ކެމްފަސްތައް ހިމެނެއެވެ.
އެމްކިއުއޭ އިން ބުނީ، އެ މަރުކަޒުތަކުގައި އެއްވެސް ދިވެއްސަކު ތައުލީމު ހާސިލުކުރަމުންދާ ނަމަ ވީހާ ވެސް އަވަހަކަށް އެ އޮތޮރިޓީއަށް މި މެއިލް [email protected] މެދުވެރިކޮށް އަންގައި ދޭނެ އެދޭ ކަމަށެވެ.
އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމުތަކުގައި މި ވަގުތު އިތުރަށް އެންރޯލްވެގެން މަތީ ތައުލީމު ހާސިލުކުރަން ނުފެށުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ