މާލެ ސިޓީ ކައުންސިލްގެ ބިޑު އިވެލިއުއޭޝަން ވަރުގަދަ ކުރުމަށްޓަކައި އިތުރު ކޮމެޓީއެއް ހެދުމަށް ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައެވެ. އެ ކޮމެޓީ ހެދުމަށް ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމެވެ.
އެ ކޮމެޓީން ކުރަމުން ގެންދާނެ އެންމެ ބޮޑު މަސައްކަތަކީ މާލެ ސިޓީ ކައުންސިލަށް އެކިއެކި ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަކީ މާލޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ ހުށަހެޅުންތަކެއްތޯ ބެލުމެވެ.
އެ ކޮމެޓީން ހުށަހެޅުންތައް ބެލި ނަމަވެސް، މިހާރު ވެސް އޮންނަ ބިޑު ކޮމެޓީއަށް ހުށަހެޅުންތައް ދާނެއެވެ. ނަމަވެސް އާޒިމް ފާހަގަކުރެއްވި ގޮތުގައި އައު ކޮމެޓީގެ ސަބަބުން މަސައްކަތް އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ.
އައު ކޮމިޓީ އެކުލަވާލުމަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ތާއީދާއެކުއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން