އިންޑިއާގެ ކަރަންޓު ވިއުގަ ބޭނުންކޮށްގެން، ނޭޕާލުން ބަންގްލަދޭޝްއަށް 40 މެގަވޮޓްގެ ކަރަންޓު އެކްސްޕޯޓްކުރަން ފަށައިފިއެވެ.
މިއީ ނޭޕާލުން ބައިނަލްއަޤްވާމީ ހަކަތައިގެ ބާޒާރުން ޖާގަ ހޯދުމުގެ އިތުރުން، ސަރަހައްދީ ހަކަތައިގެ ބާޒާރުގައި އިންޑިއާގެ ބާރު ގަދަވެގެން ދިޔަ ކަމެކެވެ. ނޭޕާލުގެ ހަކަތަޔާއި ބެހޭ ވަޒީރު ދީޕަކް ކަދްކާ ވިދާޅުވީ އިންޑިއާގެ އިރުމަތީ ބިހާރް ސްޓޭޓަށް ނޭޕާލުން މިހާރު 80 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެމުންދާ ކަމަށެވެ. މިއާއެކު 5000 މެގަވޮޓްގެ ހަކަތައިގެ ބާޒާރަކަށް ނޭޕާލަށް ދޮރުހުޅުވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.ނޭޕާލުން ބަންގްލަދޭޝްއަށް ކަރަންޓު ފޯރުކޮށްދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީ އާއި، ބަންގްލަދޭޝް ޕަވަރ ޑިވެލޮޕްމަންޓް ބޯޑު އަދި އިންޑިއާގެ އެން.ޓީ.ޕީ.ސީ ވިދްޔަތު ވިޔަޕާރް ނިގަމް އާދެމެދު ސޮއެކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އިންޑިއާއިން މިހާރުވެސް ނޭޕާލާއި ބަންގްލަދޭޝް އަދި ބަރުމާއަށް ކަރަންޓު ފޯރުކޮށްދޭއިރު، އަނެއްކޮޅުން ނޭޕާލާއި ބޫޓާންގައި އުފައްދާ އިއާދަކުރަނިވި ހަކަތަ އިންޑިއާއަށް އިމްޕޯޓްވެސް ކުރެއެވެ. އިންޑިއާއިން މިހާރު ދަނީ ސްރީލަންކާގެ ޕަވަރ ގްރިޑާއި ގުޅާލުމަށްވެސް މަޝްވަރާކުރަމުންނެވެ.
ނޭޕާލުން ހަކަތައިގެ ބާޒާރަށް ނިކުތްއިރު، އެގައުމުން ދަނީ ހައިޑްރޯޕަވަރ ގާބިލްކަން އިތުރުކުރަމުންނެވެ. އިންޑިއާގެ އެސް.ޖޭ.ވީ.އެން ކުންފުނިން މިހާރުވެސް ނޭޕާލުގެ ސަންކުވަސަބާ ޑިސްޓްރިކްޓްގައި 900 މެގަވޮޓްގެ ހަކަތަ އުފައްދާ އަރުން-3 ގެ ޕްރޮޖެކްޓްގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް