އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ ދެކޮޅަށް ހިންގި އުދުވާނީ ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށެވެ..
މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައު އިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެފަދަ ހަމަލާތައް ތަކުރާރުވުމަކީ، ހަމައެކަނި އީރާނަށް އޮތް ބިރެއް ނޫން ކަމަށާއި، އަވަށްޓެރި ގައުމުތަކަށާއި، ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ