ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
ރަޝީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ މިއަދު އައިޖީއެމް ހޮސްޕިޓަލުގައެވެ.
ރަޝީދުގެ ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހުއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި އޭރު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރަޝީދަކީ މަޖިލީހުގައި ވެސް މުހިއްމު ކޮމެޓީތަކެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ރަޝީދު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވާފައެވެ. ވިދާޅުވީ ރަޝީދަކީ ސިޔާސީ ގިނަ މަސައްކަތްޕުޅުތަކެއް އެކުގައި ކުރެއްވި ލޮބުވެތި އަޚެއް ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން