ރާއްޖޭގެ 50 ކައުންސިލްގެ އިމާރާތް އެޅުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ޓީމެއް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް ކައުންސިލްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ މި 50 ކައުންސިލަކީ ވެސް ޗައިނާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއުތަކެކެވެ. ދިވެހި ސަރުކާރުގެ ހަރަދުގައި 55 ކައުންސިލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާގެ އެހީގައި ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އަޅަން ނިންމި ރަށްތަކަކީ:
- ކ. ހިންމަފުށި، ކާށިދޫ، ތުލުސްދޫ، ގުރައިދޫ އަދި ގާފަރު
- ހއ. ވަށަފަރު، އިހަވަންދޫ، އަދި ދިއްދޫ
- ހދ. ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫ
- ށ. ފޭދޫ، ކޮމަންޑޫ، ގޮއިދޫ އަދި ނަރުދޫ
- ނ. ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ އަދި ލަންދޫ
- ރ. ވާދު އާއި ހުޅުދުއްފާރު
- ބ. ކަމަދޫ، ކުޑަރިކުލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ އަދި ކިހާދޫ
- ޅ. ކުރެންދޫ
- އދ. ކުނބުރުދޫ މަހިބަދޫ އަދި ފެންފުށި
- މ. މުލި، ދިއްގަރު އަދި މުލައް
- ފ. ފީއަލި
- ދ. ހުޅުދެއްޔާއި ބަނޑިދޫ
- ތ. އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ އަދި ވޭމަންޑޫ
- ލ. މާބައިދޫ، ކުނަހަންދޫ އަދި މާވަށް
- ގއ. މާމެންދު އާއި ނިލަންދޫ
- ގދ. މަޑަވެލި