ރާއްޖޭން ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުން، ކޮންމެ ރަށެއްގައި ހުރި ނަމަވެސް ހައްޖަށް ދިއުމުގެ ކުރިން ޖަހާ ވެކްސިނާއި ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމުން ދޭ ބޭސް ވެސް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭން މިވަގުތު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައި ތިބި ހައްޖާޖީންނާއެކު އިއްޔެ ހަވީރުގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބަލަނީ ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ވީހާވެސް ލުއި އިންތިޒާމްތަކެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި ސައުދީ ސަރުކާރުން މިފަހަރު ދިވެހިންނަށް ދީފައިވާ ލުއިތައް ރައީސް ފާހަގަކުރެއްވިއެވެ.
ހައްޖުވެރިންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އޮތްތޯ އެ ބައްދަލުވުމުގައި ރައީސް އެއްސެވިއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ހޮޓަލުގައި ހުންނަ ކްލިނިކުން ބޭސް ގަންނަން ޖެހޭތީ އެކަމަށް ބަދަލެއް ގެނެސް ދިނުމަށް އެދިފައެވެ.
އެއާއެކު ރައީސް މުއިއްޒު ވަނީ، އެވަގުތުން ފެށިގެން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ