ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ. މިއަދުގެ 12:00އަށް އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު ތިން ބޭފުޅަކު ވަނީ ކުރިމަތިލައިފައެވެ.
އެ ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމްއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކުގެ ބޭފުޅުންނަށެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެކެވެ.
ސީޕީގެ މަގާމު ހުސްވީ މިދިޔަ މަހުގެ 26ވަނަ ދުވަހު އެ މަގާމުގައި އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކުގެ ބޭފުޅުންނަށެވެ.
ސީޕީގެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ ޕޮލިސް ބޯޑުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއު ކުރުމަށްފަހު މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެކެވެ.
ސީޕީގެ މަގާމު ހުސްވީ މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް އާއްމުންގެ ފާޑު ކިޔުން އަމާޒުވި ދަނޑިވަޅެއްގައެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި