މިހާރު ބޭނުން ކުރަމުން އަންނަ ކަރަންޓުގެ ޓެރިފް ރޭޓު ކުޑަކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1 ޖޫން 2025 އިން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް އަލަށް ކަނޑައަޅާފައިވާ ރޭޓުގައި އެ ކަން ތަންފީޒުކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ޓެރިފް ރޭޓަށް ގެނެސްފައިވާ ބަދަލުތައް:
- ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 - އަލަށް ކަނޑައެޅި ރޭޓް - 1.25
- ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 - އަލަށް ކަނޑައެޅި ރޭޓު 1.50
- ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 - އަލަށް ކަނޑައެޅި ރޭޓަކީ 1.50
- ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 - އަލަށް ކަނޑައެޅި ރޭޓަކީ 2.66
- ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 - އަލަށް ކަނޑައެޅި ރޭޓަކީ 3.25
- ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 - އަލަށް ކަނޑައެޅި ރޭޓު 3.83