ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.
މެޓުން ބުނީ ރާއްޖެއަށް ހުޅަނގު މޫސުން މިހާރު ފެށި އެ މޫސުމުގެ ބާރުވެސް ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން މާދަމާ އިން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި އެ އަތޮޅުގެ ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށެވެ.
މެޓުން މައުލޫމާތު ދިން ގޮތުގައިއުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްރަށަށް ވިއްސާރަކޮށް، ގުގުރުން ވެސް އެކަށީގެންވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހުޅަނގު މޫސުން ވަނީ ފެށިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން