އައްޑޫ އަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ބުނާ އިބްރާހިމް ރަޝީދު (އަބުޗާ)ގެ މައްޗަށް ކުރި ދައުވާތަކާ ގުޅިގެން އޭނާއާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި, 50 އަހަރުގެ އަދަބު 25 އަހަރަށް ކުޑަކޮށްފި އެވެ.
ދެހާސް ވިހި ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫއަށް ކަނޑުމަގުން 80 ކިލޯގެ ޑްރަގް ގެނައި މައްސަލާގައި އަބުޗާގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެ މަސްތުވާތަކެއްޗާއެކު އޭރު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު އޭރު ހައްޔަރުކުރި އެވެ.
އެ މައްސަލާގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބުޗާގެ މައްޗަށް އުފުލުމުން، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވުމަށް ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އިއުތިރާފުވުމުން 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުންނަތާ ހަތަރު އަހަރުވެފައި ވާތީ ދެން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 21 އަހަރެވެ. އަދި ހިތަދޫ ކޯޓުން އިއްޔެ ހުކުމްކުރީ ވެސް އެގޮތަށެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި