ދާދިފަހުން އިންޑިއާ އާއި ޕާކިސްތާނުން ހިންގި ހަމަލާ ބަދަލުކުރުންތަކުގައި ޕާކިސްތާނަށް ތާއީދުކޮށްފައިވާތީ، އަޒަރްބައިޖާން އާއި ތުރުކީއަށް އިންޑިއާގެ ބައެއް މީހުން ޗުއްޓީ ހޭދަކުރަން ދާން ހަދާފައިވާ ބުކިންތައް ކެންސަލްކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންސީ މޭކް މައި ޓްރިޕްއާ ހަވާލާދީ ރޮއިޓަރސްއިން ބުނީ އަޒަރްބައިޖާންއާއި ތުރުކީއަށް ޗުއްޓީ ހޭދަކުރުމަށް ބުކިންގ ހެދުން 60 އިންސައްތަ ދަށްވެފައިވާއިރު، ކެންސަލޭޝަން 250 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. އީޒް މައި ޓްރިޕްގެ ސީއީއޯ ރިކާންތު ޕިއްޓޭ ބުނީ ތުރުކީއަށް 22 އިންސައްތަ އަދި އަޒަރްބައިޖާނަށް 30 އިންސައްތަ ކެންސަލޭޝަންތައް އަންނަ ކަމަށެވެ.
އަގުހެޔޮ މަންޒިލްތަކުގެ ގޮތުގައި އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު ތުރުކީ އާއި އަޒަރްބައިޖާންގެ ބަދަލުގައި އިންޑިއާ ފަތުރުވެރިން މިހާރު ބަލަމުން ދަނީ ޖޯޖިއާ، ސަރބިއާ، ގްރީސް، ތައިލެންޑް އަދި ވިއެޓްނާމެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންން ޕަހަލްގަމްއަށް ޕާކިސްތާނުގެ ޓެރަރިސްޓުން ދިން ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ސަރުކާރުކަމަށް އިންޑިއާ ސަރުކާރުން ތުހުމަތުކުރެއެވެ. އަދި ރައްދުގައި ޓެރަރިސްޓުންގެ ޖަގަހަތަކެއްކަމަށް ބުނާ ތަންތަނަށް އިންޑިއާއިން ހަމަލާދިނެވެ. އެ ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުންވެސް ހަމަލާދީ، ދެގައުމުން ހަމަލާ ބަދަލުކުރަން ފެށުމުން، އަޒަރްބައިޖާން އާއި ތުރުކީއިން ނެގީ ޕާކިސްތާން ފަޅިއެވެ. އެކަމާމެދު އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް