ހުސްވެފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މޫސާ ރިލްވާން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައި މިވަނީ، އެ ކޮމިޝަނުގެ ނާއިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ފަޒީން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 10 ބޭފުޅެއްގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވިއެވެ.
މިނިވަން މުއައްސަސާ ކޮމެޓީން އެ ހުރިހާ ބޭފުޅުންނާއި ވެސް އިންޓަވިއު ކުރެއްވިއެވެ. ނަމަވެސް 75 ޕަސެންޓަށްވުރެ ގިނައިން ލިބުނީ ފަސް ބޭފުޅުންނަށެވެ. ރިލްވާން ހިމެނެނީ މި ފަސް ބޭފުޅުންގެ ތެރެއިން ހަތަރުވަނަ އަށް އެންމެ ގިނަ މާކުސް ލިބިވަޑައިގެންނެވި ބޭފުޅާގެ ތެރޭގައެވެ.
ރިލްވާން ބްރޯޑްކޮމް އަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ 70 މެންބަރުންގެ އިއްތިފާގުންނެވެ.
މި ނަންތަކުގެ ތެރެއިން، ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި އޮތް ޒަމްއަތު ރަޝީދަށް ހިމެނެނީ އެންމެ ގިނައިން މާކުސް ލިބުނު މީހުންގެ ތެރެއިން ފަސްވަނައެވެ. އެންމެ ގިނައިން މާކުސް ލިބުނީ ޕީއެސްއެމްގެ ކުރީގެ އެމްޑީ އަދި ބްރޯޑްކޮމްގެ ވެސް ކުރީގެ މެންބަރުކަން ކުރެއްވި ޒީނާ ޒާހިރަށެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި