ރާއްޖޭގެ ޑިޖިޓަލް ނިޒާމު އޮތީ ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމްލޭންޑް އެންޑް ޓެކްނޮލަޖީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ދާއިރާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އޮތީ ދަންނަ މީހާ އަށް ފައިސާ ދީގެން ހިދުމަތްތައް އަވަސް ކުރާ އުސޫލުން ކަމަށެވެ.
އެއް އިދާރާއަކުން ދޫކުރާ ހުއްދައެއްގެ ކޮޕީ އެހެން އިދާރާއަކަށް ހުށަހަޅާއިރު އެއީ ސައްހަ އެއްޗެއްތޯ ބެލުމަށް ދެން ޖެހެނީ ދެ އިދާރާގެ މެދުގައި މުއާމަލާތް ކުރަން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
"މިއީ ހަރަދު ބޮޑު، އަދި ދެފުށް ނުފެންނަ، ސަލާމަތީ ގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް. މިއީ ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް. އަދި މިއީ މިއަދުގެ ގަބޫލުކުރާ މިންގަނޑެއް ނޫން،" އިހުސާން ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިފަދަ ކަމެއް ކުރަން އުޅެނީ ރިޔާސީ އިންތިހާބުގައި އީވޯޓިން އަކަށަ ދިއުމަށް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދައްކަމުން ގެންދަވާ ވާހަކަތަކަށް މިރޭގެ ޖަލްސާގައި އިހުސާން ރައްދު ދެއްވިއެވެ.
"މޯލްޑިވްސް 2.0ގެ އެއްވެސް މަޤްސަދެއްގައި އަދި ފޮރުވިފައިވެސް އަދި ހާމަކަމާއެކުގައިވެސް އީވޯޓިންގެ އެއްވެސް ވާހަކައެއް ދެކެވިފައެއް ނޯންނާނެ،" އިހުސާން ވިދާޅުވިއެވެ.
ޑިޖިޓަލް ނިޒާމެއް ދައުލަތުން އުފައްދަން ނިންމީ ހާމަކަން ބޮޑު ގޮތެއްގައި އެކަން ކުރުމަށް ކަމަށާއި މިނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ހިދުމަތްދެވޭ ސިސްޓަމްތަކެއް ގާއިމުކުރެވޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި