ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ނިންމުން ބާތިލްކުރަން ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހުށަހެޅި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ބުނެ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޝަންގައި ތިއްބެވިއިރު, އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް އޮތީ ފޮނުވައިފައެވެ.
މިދިޔަ އާދިއްތަ ދުވަހު އިބުރާގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަނަކީ ގާނޫނާ ހިލާފް ސަސްޕެންޝަނެއް ކަމަށް ބުނެ, އެ ސަސްޕެންޝަން ބާތިލްކުރުމަށެވެ.
އޭނާ އެ މައްސަލަ ހުށަހެޅީ އެއީ ސުޕްރީމް ކޯޓުން ބަލަންޖެހޭ ފަދަ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ކަމަށް ބުނެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ އެ މައްސަލާގައި ގައުމުގެ އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ ކަމެއް ނެތުމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
އިބުރާގެ ފަރާތުން އެ މައްސަލަ މީގެކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެ ކޯޓުން ވެސް ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި