ރާއްޖޭގައި މިހާރު ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމާނިއަމް އައްޑު އަށް އިއްޔެ ވަޑައިގެންފިއެވެ.
އިއްޔެ އައްޑޫ ސިޓީ ކައުންސިކް އިދާރާ އަށް ވެސް ޒިޔާރަތް ކުރައްވައި ކައުންސިލަރުންނާ ބައްދަލު ވެސް ކުރައްވާފައިވެއެވެ. ކައުންސިލުން ބުނީ ސަފީރާ އެކު އޮތް ބައްދަލުވުމުގައި އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސަފީރު އޮޅުން ފިލުއްވި ކަމަށެވެ.
އިންޑިއާގެ އައްޑޫގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ މަގު ހެދުމުގެ ޕްރޮޖެކްޓާއި ގަން އެއާޕޯޓް ތަރައްގީ ކުރުން ހިމެނެއެވެ.
އިންޑިއާގެ އެހީގައި އައްޑޫގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އެ ގައުމުގެ ސަރުކާރުގެ ހިލޭގެ އެހީގައި ބިނާކޮށްފައިވާ އައްޑޫ ޕޮލިސް ކޮލެޖް ވެސް ހިމެނެ އެވެ. އެތަން ހުޅުވީ 2022 ގަ އެވެ.
އިންޑިއާ ސަފީރުގެ ދަތުރުގައި އައްޑޫގެ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދު ވެސް ޒިޔާރަތްކުރައްވާފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި