ހިލަ، ހިލަވެލި އަދި ބައެއް ޒަރޫރީ ކާބޯތަކެތި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރެވޭ އަދަދު އެ ގައުމުން މިއަދު އިތުރުކޮށް އެކަން އިއުލާނުކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ހާއްސަ އެދުމަކަށް ކޯޓާ އިތުރުކޮށްދިނީ ހިލަ، ހިލަވެލި، ކުކުޅު ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުންނެވެ.
މިއީ ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި 1981 ގައި އެކްސްޕޯޓް ކުރަން ފެށި ފަހުން ކޯޓާ މިހާ ބޮޑަށް އިތުރު ކުރި ފުރަތަމަ ފަހަރެވެ.
ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު 30 ޕަސެންޓަށެވެ. އެހެންކަމުން 1.3 މިލިއަން މެޓްރިކް ޓަނުގެ ހިލަ އާއި ހިލަވެލި ރާއްޖެ އެތެރެ ކުރެވޭނެ އެވެ. މުގުގެ ކޯޓާ އިތުރު 56 ޕަސެންޓަށް އިތުރުކޮށްދިނެވެ. ބާކީ ހުރި ތަކެތީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު ފަސް ޕަސެންޓަށެވެ.
އިންޑިއާއިން ހަނޑޫ، ހަކުރު، ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް ދުވަސްވަރު ވެސް ހާއްސަަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކުރި އެވެ. އިންޑިއާއިން ބުނީ އެ ގައުމުން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖެއަސް ތަރައްގީ ގެނައުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި