ކ. އާރަށަށް މިހާތަނަށް 116 ދަތުރު ކުރައްވާފައިވާ ކަމަށާއި އެ ދަތުރުތަކުގެ ތެޔޮ ހަރަދަށް އެކަނި އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހަރަދުތަކުގެ ތަފްސީލު ރައީސް ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އާރަށުގެ ދަތުރުތަކުގެ އަދަދާއި ހަރަދު:
- މިހާތަނަށް 116 ދަތުރުކޮށްފައިވޭ
- ފުޓްބޯޅަ ކުޅުމަށް އެކަނި 85 ދަތުރު
- އާއިލާއާ އެކު 31 ދަތުރު
- ކޮންމެ ދަތުރެއްގައި ތިން ލޯންޗު
- ރައީސަށް އެއް ލޯންޗު، ސިފައިންނަށް ދެ ލޯންޗު
"އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެއް ފުޓްބޯޅަ ކުޅުމަކީ. ދެން ކުޑައިރު އެކަން ކުރަން އުޅެފަ ނުކުރެވި މިހުރީ ވެސް. ދެން ސިއްހަތު ރަނގަޅަށް ބެހެއްޓުމަށްޓަކާ، ފުޓްބޯޅަ ކުޅެން ބަލާއިރުގައި ފުޓްސަލް ދަނޑެއް އާރަށުގައި އެބަ އޮވޭ، ރަނގަޅު ފެންވަރުގައި ހަދާފައި. އަޅުގަނޑު ހަވާލުވީއިރުގަ ވެސް ކުރީގަ ހަދާފަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަގުތު ލިބޭ މިންވަރަކުން ހަފްތާއަކު ތިން ދުވަހު އާރަށަށް ކުޅިވަރު ކުޅުއްވަން ވަޑައިގަންނަވާ ކަމަށާއި މާލޭގެ ދަނޑުތަކަށް ވަޑައިނުގަންނަވަނީ ޓްރެފިކް ދަތިތަކާއި ފުޓްބޯޅަ ދަނޑުއް މަދުވުމުން ކަމަށެވެ. އާރަށަށް ވަޑައިގެންނެވުމުން ބަޔަކަށް އުނދަގުލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާރަށަކީ ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ބޭނުންކުރަން ނިންމާފައިވާ ރަށެއް ކަމަށާއި އެ ރަށަށް ގޮސްގެން، އެހެން މީހަކަށް އުނދަގުލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި