މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހިޔާ ފްލެޓުތަކުގެ ހަތަރު ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެކުންފުނިން ދާދި ފަހުން ވެސް ވަނީ އެގޮތަށް ކަރަންޓު ކަނޑަން މެދުވެރިވާ ސަބަބު ހާމަ ކޮށްދީފައެވެ. އެގޮތުން މިމަހުގެ 12ވަނަ ދުވަހު ވެސް ހިޔާގެ ފުރަތަމަ ޓަވަރުން ކަރަންޓު ކަނޑާފައިވެއެވެ.
އެގޮތަށް ކަރަންޓު ކަނޑަނީ އެ ކުންފުނިން ކުރަން ޖެހޭ މުހިއްމު މަސައްކަތެއް ތާވަލު ކޮށްފައި ވާތީ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހެނދުނު 10:00 އާއި 11:00 އާއި ދެމެދު H13, H14, H15, H16 އިން ކަރަންޓު ކެނޑިދާނެ ކަމަށެވެ. އަދި އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ.
އެގޮތަށް ގަޑިތައް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ. ކަމަށާއި އެ މަސައްކަތަކީ އެކުންފުނީގެ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި