އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހަމާލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެފައިވާ ކަމަށާއި، އަދި އެތައް ބަޔަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު މީހުންނަށާއި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމަަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޕަހަލްގަމްގައި ބަޑިޖަހައިގެން ދިން އެ ހަމަލާގައި 24 މީހަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ނުބައި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ